Last Updated: June 5, 11:07
Friday, June 5, 2026
ދުނިޔެ

ބުޅާ ނުގެންގުޅެން އެދުމުން އަމިއްލަ އަށް މަރު!

ބުޅަލެއް ގެންގުޅެން އާއިލާ އިން ދެކޮޅު ހަދާތީ އެކަމާ ހިތްހަމަނުޖެހިގެން އިންޑިއާގެ ޒުވާން އަންހެން ޑޮކްޓަރަކު އަމިއްލަ އަށް މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ހުކުރު ދުވަހު ހައިދަރުއާބާދުގައި އަމިއްލަ އަށް މަރުވީ ޓީ. ޕިންސީ ޝްރެސްތާ) ކިޔާ 23 އަހަރުގެ ޑޮކްޓަރެއް ކަމަށެވެ. ހުކުރު ދުވަހުގެ ރޭ އޭނަ މަރުވެފައި އޮއްވައި ފެނުނު އިރު، ގޭގައި އިތުރު މީހަކު ނެތެވެ. ޕިންސީ މަރުވީ ކޮޓަރީގެ ސީލިން ފަންކާގައި ދަންޖެހިގެންނެވެ.

އޭނަ އަކީ މަންމަ އާއި މާމައާ އެކު ދިރިއުޅެމުން އައި މީހެކެވެ.

ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ ޕިންސީ އަމިއްލަ އަށް މަރުވީ މަންމަ އާއި މާމަ ކަމެއްގައި ގެއިން ބޭރަށް ގޮސް އުޅެނިކޮށް ކަމަށެވެ.

ފުލުހުންނަށް ޕިންސީގެ މަންމަ ދިން ބަޔާނުގައި ބުނެފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދަރިފުޅު ގެއަށް ބުޅަލެއް ގެންގޮސް އެއާ އެކު އުޅެން ފެށުމުން އޭނަ ވަަރަށް ބޮޑަށް ބަލިވާން ފެށި ކަމަށެވެ. އެހެންވެ ބުޅާ ނުގެންގުޅެން ތަކުރާރުކޮށް އެދުމުން އާއިލާގެ މީހުންނާ ޕިންސީ އަރާރުންވެފައިވާ ކަމަށެވެ.

މި ހާދިސާ ފުލުހުން އިިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އޭނަގެ ހަށިގަނޑު މިހާރު އޮތީ ގާންދީ ހޮސްޕިޓަލްގެ މޯޗަރީގަ އެވެ. ތަހުގީގަށް ޕިންސީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ.