Last Updated: July 22, 17:21
Wednesday, July 22, 2026
ޚަބަރު

އެމްއެންޔޫގެ ކެމްޕަހެއް ވިލިގިލީގައި ހަދަން ހަވާލުކޮށްފި

ގއ. ވިލިނގިލީގައި ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ތަރައްގީ ހަދަން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެކޮމަޑޭޝަން ބްލޮކެއް ވެސް ހިމެނޭ މި މަޝްރޫއު ހަވާލުކުރީ ސޮލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މީގެ ކުރިން އަތޮޅުތަކުގައި އެމްއެންޔޫގެ ހަތަރު ކެމްޕަސް ހުރި ނަމަވެސް މިހާރު މިފަދަ 26 އަށް ވުރެ ގިނަ މަޝްރޫޢުއެއް ކުރިއަށް އެބަދެ އެވެ.

މިފަދަ މަޝްރޫއުތަކާ އެކު ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތި ފަހިވެގެން ދާނެ އެވެ.