Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ޑްރައިވަރުން ހޯދަން އަނެއްކާ ވެސް އިންޓަވިއު

މި މަހުގެ ތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާ ޓެކްސީ ލައިނަށް ބޭނުންވާ ޑްރައިވަރުން ހޯދަން އަނެއްކާ ވެސް ވޯލްކް-އިން-އިންޓަވިއުއެއް ބާއްވަން ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ އެ އިންޓަވިއު ކުރިއަށް ދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މާފަންނު ބަސް ޓާމިލަނުގައި ކަމަށެވެ.

ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެމްޓީސީސީން އިންޓަވިއުއެއް ބާއްވާފައިވެ އެވެ.

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް) އީވީ ބޭނުންކޮށްގެން ދޭން ނިންމާފައިވާ ޓެކްސީލައިންގެ ހިދުމަތަށް ޕާޓްޓައިމްކޮށް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 407 ޑްރައިވަރުން ބޭނުންވެ އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

ސަރުކާރުން ފަށަން ތައްޔާރުވަމު އަންނަ ޓެކްސީ ލައިންގެ ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތެކެވެ.