މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު 'ބޯޑާ 2' މިއަދު ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
އަހަރުގެ ފުރަތަމަ ބޮޑު ހިޓް ކަމަށްވާ މި ފިލްމަކީ ޖެނުއަރީ 24 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި 464.5 ކްރޯޑް ރުޕީސް (50 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޖޭޕީ ދައްތާ ޖޭޕީ ފިލްމްސް ގުޅިގެން ގެނެސްދިން 'ބޯޑާ 2' އަކީ 1997 ގެ 'ބޯޑާ' އާ ގުޅުވައިގެން ގެނެސްދިން ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އަނޫރާގް ސިންގް އެވެ.
'ބޯޑާ 2' ގެ މައިގަނޑު ކާސްޓުންނަކީ ސަނީ ޑިއޯލް، ވަރޫން ދަވަން، ދިލްޖީތު ދޮސަންޖް، އަހާން ޕާންޑޭ، މޯނާ ސިންގް، ސޯނަމް ބަޖްވާ މޭދާ ރާނާ އަދި އަންޔާ ސިންގް އެވެ.