Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

11 ކިލޯގެ ޑްރަގްސް އަތުލައިގެންފި

އެގާރަ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެއީ އީދު ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެ ކުރި އެއްޗެއްހި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ފަސް ކިލޯއަށް ވުރެ ގިނަ ކެނަބިސް ފަތާއި ހަ ކިލޯ އަށް ވުރެ ގިނަ ހަޝިލް އޮއިލެވެ. ކެނަބިހުގެ މަގުމަތީގެ އަގު 4،296،000ރ. އަރަ އެވެ. އަދި ހަޝިޝް އޮއިލްގެ މަގުމަތީގެ އަގަކީ 5،272،000ރ. އެވެ.

އެއާ އެކު އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ އަގު 9.6 މިލިއަން ރުފިޔާ އަށް އަރަ އެވެ.