Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ފްރައިޑް ޗިކެން ޕަކޯޅާ

* ބޭނުންވާ ތަކެތި:

1/2 ޖޯޑު ކުކުޅު (ފެނުކައްކާފައި)
1 ފިޔާ
ކޮރިއަންޑާ
1/2 މޭޒުމަތީ ސަމުސާ ގަރަމް މަސާލާ
1/2 މޭޒުމަތީ ސަމުސާ ރެޑް ޗިލީ ޕައުޑާ
1/2 މޭޒުމަތީ ސަމްސާ ލޮނު
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ ކެޗަޕް
1/2 ޖޯޑު ފުށް

* ތައްޔާާރު ކުރާނެ ގޮތް:

ފުރަތަމަ ކޮރިއަންޑާ، ފިޔާ އަދި ފެނު ކައްކާފައި ހުރި ކުކުޅު ކުދިކޮށް ކޮށައިލާނީއެވެ. ދެން ކުޑަ ތައްޓަކަށް އަޅާލުމަށް ފަހު އެހެން ހުރިހާ ތަކެތި އެ ތައްޓަށް އަޅާލާނީ އެވެ. އެއަށް ފަހު ޕޭސްޓެއް ގޮތަށް ފެން އަޅާލާފައި އެއްކޮށްލާނީއެވެ.
ޕޭސްޓު ތައްޔާރު ކުރުމަށް ފަހު ކުޑަ ބޯޅަތަކެއްހެން ހަދާލާފައި ހޫނު ތެޔޮ އެއްޗެއްގެ ތެރެއަށް އަޅާލައި ކްރިސްޕީ ވަންދެން ތެލުލާނީ އެވެ.