Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހަރަދުތައް ކުޑަކުރުމަށް މަޝްވަރާތައް ފަށައިފި

މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެންދާނަމަ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާތައް ފަށައިފި އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ކަމަށެވެ.

"ކުރިއަށް އޮތް ތާނގައި ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުންވެސް ރައްޔިތުންނަށް އެކަމުގެ އިތުރު ބުރައެއް ތަކުލީފެއް ނާންނާނެ ގޮތަކަށް ސަރުކާރުގެ ވިސްނުން ހުރީ ފިޔަވަޅުތައް އަޅައިގެން ކުރިއަށް ގެންދަން،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ، މިވަގުތު އެންމެ އިސްކަމެއް ދެނީ ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިން ކަމަށްވުމާއެކު، ތެޔޮ ހޯދުމުގައި އަވަށްޓެރި ޤައުމުތަކާއެކު މަޝްވަރާކޮށް، އެކަމުގައިވެސް ކުރިއެރުންތަކެއް ހޯދިފަވާ ކަމަށެވެ.

މީގެއިތުރުން ހނގުރާމަ ދިގުލައިގެން ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް އަމަލުކުރާނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި، ޔޫއޭއީގެ ފުޖޭރާ ސަރަހައްދުގައި ތިބި 3 ދަރިވަރަކު ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.