Last Updated: June 5, 06:06
Friday, June 5, 2026
ދުނިޔެ

އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓް އަނދައިފި

އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓް އަނދައި ހުލިވެއްޖެ އެވެ.

އީރާނުން ރޭ ފޮނުވާލި "ސިއްޖީލް" މިސައިލެއް އަމާޒުވެ ބޮޑު ގޮވުމެއް ގޮވައި، އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓު އަނދައި އަޅިއަށް ވެއްޖެކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގާތްގަނޑަކަށް ދެ ޓަނުގެ ވޯހެޑު އުފުލޭ ކަމަށް ބެލެވޭ ސިއްޖީލު މިސައިލްގެ ސަބަބުން އިޒުރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓުގެ އުސް އެތައް އިމާރާތެއްގައި އަލިފާން ރޯވެ، އަލިފާނާއި، ބޯ ދުން ރޭ ދަންވަރު އުޑުމަތިން ފެނުނުކަމަށް ބުނެވެ އެވެ.

ފުރަތަމަ ރިޕޯޓްތަކުން ދައްކާ ގޮތުގައި އެ ސަރަޙައްދަށް ސްޓްރަކްޗަރަލް ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އޭގެ ފަހުން ކުއްލި ޙާލަތުގައި ދޭ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރައިފަ އެވެ. ގެއްލުން ލިބުނު މިންވަރާއި، އަލިފާނުގެ ސަބަބުން އަސަރުކުރި މިންވަރު، އިޒުރޭލުން އެއްވެސް މަޢުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވާތީ ސާފެއް ނުވެ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.