Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ރާއްޖޭގައި ތެޔޮ ރައްކާ ކުރެވޭ ކެޕޭސިޓީ އިތުރު ކުރަނީ

ރާއްޖޭގައި މިހާރު ފިއުލް ފާމް ހިންގާ ފުނަދޫ.

އަހަރު ދުވަހަށް ބޭނުންވާ ވަރަށް ރާއްޖޭގައި ތެޔޮ ރައްކާކުރެވޭ ނިޒާމެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި މިހާރު ކުރިއަށްފާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި މިނިސްޓަރުންގެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތެޔޮ ރައްކާކުރެވޭ ކެޕޭސިޓީ އިތުރު ކރަން ކުރަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ކުރިއަށް ގެންދާނީ މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ މަޝްވަރާކޮށްގެން ކަމަށެވެ.

އޭނަ ވިދާޅުވި ގޮތުގައި މަޝްރޫއު ކުރިއަށް ގެންދާނީ ރާއްޖޭ ތިން ސަރަހައްދެއްގަ އެވެ.

ޒަމީރު ވިދާޅުވީ މިއީ ފަސް އަހަރުން ނިންމައިލެވޭނެ މަޝްރޫއެއް ކަމަށާއި ފުރަތަމަ ފިޔަވަހީގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމޭތޯ ބަލާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ތެޔޮ ރައްކާ ކުރަނީ މާލެ ކައިރީގައި އޮންނަ ފުނަދޫގަ އެވެ. ނަމަވެސް އެތަނުގެ ފިއުލް ފާމް ތިލަފުއްޓަށް ބަދަލު ކުރަން އެސްޓީއޯ އިން ވަނީ ނިންމައިފަ އެވެ. އެ ކުންފުނިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބުނެފައިވާ ގޮތުގައި ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ކޮންސަލްޓަންޓެއް ނަގައިގެން، ކޮންސެޕްޓާއި ޑިޒައިން އަދި މުޅި މަޝްރޫއުގެ އަގު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.