Last Updated: August 5, 09:18
Tuesday, August 5, 2025
ޚަބަރު

ގާޒީ ބާރީގެ ފޮޓޯ ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، އަދި ރާއްޖޭގެ ގިނަ ސިޔާސީ ވެރިންތަކަކަށް ދިގު މުއްދަތެއްގެ ޖަލު ހުކުމް ކޮށްގެން މަޝްހޫރުވެފައިވާ ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގެ ލެޓަ ހެޑްގައި ގާޒީ ބާރީގެ ނަމުގައި ޕޮލިސް ކަމިޝްނާރ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ޖަސްޓިން ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އޭނާ ހުންނަވަނިކޮށް، ސައިކަލެއްގައި ދިޔަ މީހަކު، "ކަލޭމެން ގާޒީން ކަންތައް ކުުރާގޮތް އަހަރުމެންނަށް އެނގެއޭ" ބުނެ ބާރީގެ ފޮޓޯ ނަގާފައިވާ ކަމަށެވެ.

އަދި އެ މީހާ ފޮޓޯ ނަގާފައި ވަނީ "ކަލޭގެ ފޮޓޯ ނަގަން އެބަ ޖެހެއޭ، ކަލޭމެން ގާޒީން ކަންތައް ކުުރާގޮތް އަހަރުމެންނަށް އެނގެއޭ، ކަލޭމެން ހަދާ އެއްޗެއް ހަދާށޭ، ތިމަންނަ ކަލޭގެ ފޮޓޯ ނަގާނަމޭ" ބުނެ އެވެ.

ބާރީ ފުލުހުންނަށް އެދި ފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެ މީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ.