Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ޕްރިޔަދަރުޝަންގެ 100 ވަނަ ފިލްމުގައި މޯހަންލާލު

އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ 100 ވަނަ ފިލްމު ހަދަން ތައްޔާރީތައް ވާން ފަށައިފި އެވެ.

މި ފިލްމު ހަދަން ނިންމާފައި ވަނީ މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލު ލީޑަށް ލައިގެންނެވެ. އޭނަ އަކީ ޕްރިޔަދަރުޝަން ޑައިރެކްޓްކުރި ފުރަތަމަ ފިލްމު ކަމަށްވާ 1984 ގެ 'ޕޫޗައްކޮރޫ މޫއްކުތީ' ގެ ވެސް ބަތަލެވެ. އެ ފިލްމުގެ ފަހުން ވެސް މޯހަންލާލާ އެކު ކާމިޔާބު ފިލްމުތަކެއް ޕްރިޔަދަރުޝަން ހަދާފައިވެ އެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 2016 ގެ ކްރައިމް ތުރިލާ 'އޮއްޕަމް' އެވެ. މީގެ ހިންދީ ރިމޭކެއް ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރާ އެކު ގެނެސްދޭން ނިންމާފައިވާ އިރު، މިދިޔަ އަހަރު 'ހައިވާން' ގެ ނަމުގައި ޝޫޓިން ނިންމައިލި ފިލްމުގެ ހާއްސަ ފެނިލުމަކުން ވެސް މޯހަންލާލް ފެންނާނެ އެވެ.

ޕްރިޔަދަރުޝަންގެ 100 ވަނަ ފިލްމުން ފުރުސަތު ލިބުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި 65 އަހަރުގެ އެކްޓަރަކީ އެ ފިލްމު ވާނީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ފިލްމަކަށް ކަމަށެވެ. އަދި ޑައިރެކްޓްކުރާ 100 ވަނަ ފިލްމު ކުޅެން ޕްރިދަރުޝަން ފުރުސަތު ދިނީތީ އެކަމާ ޝުކުވެރިވާ ކަމަށް ވެސް މޯހަންލާލް ބުންޏެވެ.

އިތުރު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރާ އެ ފިލްމަކީ އެންތަނީ ޕެރުމްބަވޫރް އާއި ބިނޫ ޖޯޖް އެލެގްޒެންޑާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މޯހަންލާލްގެ ކުރިއަށް އޮތް ފިލްމަކީ އޭނަގެ ޑްރިޝަމް ފްރެންޗައިޒްގެ ތިން ވަނަ ބަ އެވެ. އެ ފިލްމު އަންނަ މަހުގެ 2 ގައި ސިނަމާތަކަށް އަންނާނެ އެވެ.

ޕްރިޔަޝަދަރުޝަންގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭއާ އެކު އަންނަ މަހުގެ 10 ގައި ގެނެސްދޭ 'ބޫތު ބަނގްލާ' އެވެ.