އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާއެއްގައި 180 މީހުން ޒަހަމްކޮށްލައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ޔަހޫދީ ދައުލަތުގެ ހެލްތު މިނިސްޓްރީން ބުނީ މިސައިލް ހަމަލާ އަމާޒުވެފައި ވަނީ އިޒްރޭލުގެ ދެކުނުގެ ސަރަހައްދުގެ އަވަށްތަކަކަށް ކަމަށެވެ. އަދި އެ ހަމަލާ ދިން ސަރަހައްދަކީ ނިއުކްލިއާ ފެސިލިޓީއެއް ވެސް ހުރި ތަނެކެވެ.
އިޒްރޭލުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޒަހަމްވި 180 މީހުންގެ ތެރެއިން 116 މީހަކު ޒަހަމްވީ އަރާދު އިން ކަމަށާއި އަނެއް 64 މީހުން ޒަހަމްވީ ޑިމޯނާއިންނެވެ. ޒަހަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.
އިރާނުގެ މީޑިއާތަކުން ބުނީ އިޒްރޭލަށް ދިން އެ މިސައިލް ހަމަލާ އަކީ އިރާންގެ ނަތަންޒް ނިއުކްލިއާ ފެސިލިޓީ އަށް ހޮނިހިރު ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާއެެއް ކަމަށެވެ.
މިދިޔަ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އިރާނުން އަންނަނީ ހުއްޓުމެއް ނެތި ދިފާއުގައި ރައްދު ހަމަލާތައް ދެމުންނެވެ. މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް އިރާނަށް ވަރަށް ބޮޑަށް ގެއްލުންތަލެއް ލިބި، އެ ގައުމުގެ ވަރަށް އިސް ލިޑަރުންތަކެއް ވެސް ވަނީ އަވަހާރަވެފަ އެވެ.
ނަމަވެސް އިރާނުން ބުނަމުން އަންނަނީ ދޫދިނުމެއް ކަމަށާއި ކިތަންމެ ގިނަ ދުވަހަކަށް ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް ސާބިތުވެ އޮންނާނެ ކަމަށެވެ.