ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްފި އެވެ.
ފުލުހުންގެ ކޮމިޝަނަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން އޮތީ މިއަދުގެ މެންދުރުފަހު 2:00 އަށެވެ. ނަމަވެސް އެއްވެސް މީހަކު އެ މަގާމަށް ކުރިމަތިލާފައި ނުވާތީ އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ވަނީ މި މަހުގެ 26 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުޅުވާލާފައި މި ވަނީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރިޓަޔަކުރެއްވުމާއި ގުޅިގެންނެވެ.
ނަވީން ރިޓަޔަރ ކުރެއްވުމުން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއެވެ.