Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ފޭދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ފަރުހަތު

އައްޑޫ ފޭދޫ ސްކޫލްގެ ޕްރިންސިޕަލަކަށް އައިޝަތު ފަރުހަތު ހަމަޖައްސައިފި އެވެ.

އޭނަ މިއަދު އެ ސްކޫލާ ރަސްމީކޮށް ގުޅިފައިވާ އިރު، ސްކޫލްގެ މެނޭޖްމަންޓްގެ ފަރާތުން ފަރުހަތަށް ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ.

ފޭދު އަށް އުފަން ފަރުހަތު އެންމެ ފަހުން ހުންނެވީ ޅ. ނައިފަރުގައި ހުންނަ މަދުރަސުލް އިފްތިތާހުގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ. އެ ސްކޫލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު އޭނަ މަދުރަސުލް އިފްތިހާހުން ވަކިވެވަޑައިގަތީ މި މަހުގެ ތެރޭގަ އެވެ.

ފޭދޫގައި ހުންނަ ހަމައެކަނި ސްކޫލް ކަމަށްވާ ފޭދޫ ސްކޫލްގެ ޕްރިންސިޕަލަށް ފަރުހަތު ހަމަޖެއްސި އިރު، އެ ސްކޫލްގެ ޕްރިންސިޕަލަކަށް އެންމެ ފަހުން ހުންނެވި އަހުމަދު މިހާދު މިދިޔަ މަހުގެ ތެރޭގައި ވަނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ބަދަލުކޮށްފަ އެވެ.

އަދި ޝަރަފުއްދީންގެ ޕްރިންސިޕަލަކަށް ހުންނެވި ހުސައިން މުސައްވިރު ވަނީ އޭނަގެ އުފަން ރަަށް، މަރަދޫގެ މަރަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް މި މަހުގެ ކުރީކޮޅު ހަމަޖައްސައިފަ އެވެ.