Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މި މަހުގެ މިހާތަނަށް 100،000 އަށްވުރެ ގިނަ ޓޫރިސްޓުން

މި މަހުގެ މިހާތަނަށް 100،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 21 ގެ ނިޔަލަށް ރާއްޖެއަށް ވަނީ 108،681 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހުގެ މި މުއްދަތާ އަޅާ ބަލާއިރު 17.9 ޕަސެންޓް ދަށް އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. އެ ގައުމުން 89،443 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ގައުމުން 71،056 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

ރާއްޖޭގައި މިވަގުތު 186 ރިސޯޓާއި 925 ގެސްޓްހައުސް އާއި 171 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،454 އެވެ.