Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ކާނާ ވިހަވެގެން އަންހެނަކު ނިޔާވެއްޖެ

ކާނާ ވިހަވެގެން ދާންދޫން އަންހެނަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ އެރަަށު ވިނަމަތި، އުމުރުން 41 އަހަރުގެ އައިޝަތު އިބްރާހިމް އެވެ. ނަމަވެސް އެލާޖިކްވީ ސީދާ ކޯއްޗަކަށް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ކާނާ ވިހަވުމުން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް އިރުކޮޅެއްގެ ތެރޭ ވަނީ ނިޔާވެފަ އެވެ.

އެ އަންހެން މީހާއަކީ ދާންދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.