އީރާނުން، އިޒުރޭލަށް ދޭ ކްލަސްޓަ ބޮމުގެ ޙަމަލާތައް ހުއްޓުވައި ދިނުމަށް އެދި އިޒުރޭލުން އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގައި އެދިފިއެވެ. މިހާތަނަށް ބަލާއިރު، އެއްވެސް ހަތިޔާރެއް ނެތް ފަލަސްޠީނުގެ މަޢުޞޫމް ކުޑަކުދިންނާއި، މުސްކުޅިންނާއި، އަދި އެހެން ޢުމުރުފުރާތަކުގެ މީހުންގެ ބޮލަށް އެންމެ ގިނައިން ކްލަސްޓަރ ބޮން އެޅީ އިޒުރޭލުންނެވެ. އަދި ބެއިރޫތަށް އެންމެ ގިނައިން ކްލަސްޓާ ބޮން އެޅީވެސް އިޒުރޭލުންނެވެ.
އެކަމަކު، ދުނިޔޭގައި އެންމެ ގިނައިން ކްލަސްޓަ ބޮން އެޅި މީހުން، މިއަދު ތިމާމެންގެ ބޮލަށް އީރާނުން ދެތިން ކްލަސްޓަރ ބޮން ވައްޓާލުމުން، އެކަމާއި ޝަކުވާ ކުރަނީއެވެ.
އިޒުރޭލުން ވަނީ ތިރީގައި ބަޔާންކޮށްފައިވާ އަސްކަރީ އޮޕަރޭޝަންތަކުގައި ކްލަސްޓަރ ބޮން، މުސްލިމުންނާ ދެކޮޅަށް ބޭނުންކޮށްފަ އެވެ.
1. 1973 ވަނަ އަހަރު ޔޮމް ކިޕޫރު ހަނގުރާމައިގައި، އިޒުރޭލުގެ ވައިގެ ސިފައިން ވަނީ މިސްރުގެ ވައިގެ ދިފާޢީ މަޤާމުތަކަށް ހަމަލާދިނުމަށް ކްލަސްޓަރ ބޮން ބޭނުންކޮށް ފައެވެ.
2. 1973 ވަނަ އަހަރު ސީރިއާގެ ދިމިޝްގު ކައިރީގައި ހުރި ނޮން ސްޓޭޓް އާރމްޑް ގްރޫޕް (އެން.އެސް.އޭ.ޖީ) ގެ ތަމްރީނު ކޭމްޕްތަކާ ދެކޮޅަށް އިޒުރޭލުން ވަނީ ކްލަސްޓާ ބޮން ބޭނުންކޮށްފަ އެވެ.
3. 1978 އަދި 1982 ވަނަ އަހަރު، އިޒުރޭލުން ލުބުނާނުގެ ދެކުނުގައި ކްލަސްޓާ ބޮން ބޭނުން ކޮށްފައިވެއެވެ. އިޒުރޭލުން ސީރިއާގެ ސިފައިންނާއި އެންއެސްއޭޖީގެ ސިފައިންނާއި ދެކޮޅަށްވެސް ކްލަސްޓަރ ބޮން ބޭނުންކޮށްފައިވެ އެވެ.
4. 2006 ލުބުނާން ހަނގުރާމައިގައި، ފުޅާދާއިރާއެއްގައި އިޒުރޭލުން ކްލަސްޓަރ ބޮން ބޭނުންކުރިއެވެ. އިޒުރޭލުގެ އަސްކަރިއްޔާއިން ގާތްގަނޑަކަށް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލުބުނާނުގެ ދެކުނު ސަރަހައްދަށް އެތައް ލައްކަ ޓަނުގެ ކްލަސްޓާ ބޮން އަޅާފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް އަޅާފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ ތިންދުވަސް ކުރިންނެވެ.
5. 2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2026 ވަނަ އަހަރުގެ ކުރީކޮޅާއި ހަމައަށް އިޒުރޭލުން ލުބުނާނުގެ ދެކުނުގައި ކްލަސްޓަ ބޮން ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްތަކާއި، ފޮޓޯތަކުން ހެކި ލިބިފައިވެއެވެ.
އީރާނުން، އިޒުރޭލާ ދެކޮޅަށް ކްލަސްޓާ ބޮން ބޭނުން ކުރުމަކީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށް އިޒުރޭލުން ބުނާއިރު، މި ޝައިޠާނުން ފާއިތުވި ދެއަހަރު ޣައްޒާއަށާއި، ލުބުނާނަށް ކްލަސްޓާ ބޮން އެޅިއިރު، ހަނގުރާމައިގެ ޖަރީމާއަކަށް ނުވެއެވެ. އަނިޔާވެރި ސަޙުޔޫނީން ފާއިތުވި ދެ އަހަރު، ބޭނުން ނުކުރަނީ ކޮން ހަތިޔާރެއް ހެއްޔެވެ؟ ވައިގެ ތެރޭގައި ފަލަސްތީނު މީހުންގެ ހަށިތައް ވިރިގެން އާތްވަށްވެގެން ދާފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކުރިއެވެ. އިންސާނުން ދިރިއުޅޭ އާބާދީތައް އަޅިއަށް ހަދާލާފަދަ ގޮވާތަކެތި ބޭނުންކުރިއެވެ. އިންސާނުން ވައިގެ ތެރެއަށް ބުރަބުރައިގެން ގޮސް، ދުނިޔޭގައި އެމީހުންގެ ވުޖޫދުގެ އެއްވެސް އަސަރެއް ނުވާ ވަރުގެ ކިތައް ކިތައް ހަތިޔާރު ބޭނުންކުރި ހެއްޔެވެ؟
ވީމާ، ހަނގުރާމައިގެ ޖަރީމާއާއި، ޢަދުލު އިންސާފާއި، އަނިޔާވެރިކަމާ ބެހޭގޮތުން، އަނގަ ނުހުޅުވާށެވެ! ކަލޭމެން ފާއިތުވި 80 ވަރަކަށް އަހަރު މެދުއިރުމަތީގައި ހިންގި އަނިޔާވެރިކަމުގެ ބައިކުޅަބައިވެސް އަދި ކަލޭމެން ތަޖުރިބާކޮށްފައި ނުވެއެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.