Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

އަޑުބަރޭގެ ބަންދަށް 3 ދުވަސް ޖަހައިފި

ކްރިމިނަލް ކޯޓުގެ އިސް ގަޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯ ނެގި މައްސަލާގައި ހައްޔަރު ކުރި ގައުމީ ޓީމްގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ)ގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 3 ދުވަސް ޖަހައި ދީފިއެވެ.

އަޑުބަރޭ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ ކޯޓު އަމުރަކާ އެކު ރޭ ދަންވަރު 12:45 އެހައިކަންހާއިރު އަމީނީމަގު ހެޕީ މާކެޓު ކައިރިންނެވެ.
Cbu7v7QUYAAXIDl

އަޑުބަރޭ ހައްޔަރު ކުރުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެމްޑީޕީން ބުނީ ފަނޑިޔާރެއްގެ ފޮޓޯ ނެގުމަކީ ޖިނާއީ ކުށަކަށް ނުވާއިރު ފޮޓޯއެއް ނެގިކަމަށް ބުނެ ކޯޓު އަމުރު ނެރެގެން ދަންވަރު މީހުން ހައްޔަރު ކުރުމަކީ އެޕާޓީ އިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން އެއީ ރައްޔިތުންނަށް ބިރުދެއްކުމަށް ހިންގާ ޣައިރުގާނޫނީ އަމަލެއް ކަމަށް ވެސް އެ ޕާޓީ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ބަރީގެ ފޮޓޯއެއް ނެގިކަމަށް ބުނެ ފުލުހުންނަށް ކްރިިމިނަލް ކޯޓުން ސިޓީ ފޮނުވާފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ.