ކޮލަމްބިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އެ ގައުމުގެ ވައިގެ އަސްކަރިއްޔާގެ ބޯޓް ވެއްޓުނު އިރު، އޭގައި ޖުމްލަ 125 މީހަކު ތިބި ކަމަށެވެ. ބޯޓް ވެއްޓުނު ހާދިސާއާ ގުޅިގެން މިހާތަނަށް 66 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.
BREAKING: Colombian Air Force plane believed to be carrying 100 people crashes in Puerto Leguízamo, Putumayo pic.twitter.com/nBFGwNZS5M
— Rapid Report (@RapidReport2025) March 23, 2026
ޕޯޓީ ލެގޫޒާމޯ އިން ފުރިތާ މާ ގިނަ އިރުތަކެއް ނުވެ ކޮލަމްބިއާގެ ދެކުނު އެމޭޒަން ސަރަހައްދުން ޕެރޫ އާއި އިކްއެޑޯގެ ބޯޑަރު ކައިރި އަށް ވެއްޓުނު ސީ-30 ހާކިއުލެސް ބޯޓްގައި ތިބި މީހުންގެ ތެރޭގައި ފުލުހަކު ވެސް ހިމެނެ އެވެ.
ބޯޓް ވެއްޓި އޭގައި އަލިފާން ވެސް ރޯވެފައިވެ އެވެ. މި ހާދިސާގައި ސަލާމަތްވި މީހުންނަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.