Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ހިމަންދު އަށް ޑްރަގް ގެންދިޔަ ބިދޭސީއަކު ހައްޔަރަށް

އއ. ހިމަންދު އަށް މަސްތުވާތަކެތި ގެންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ މުހައްމަދު މައިނުއްދީން، 35، ކަމަށެވެ. އޭނަ ހައްޔަރުކުރީ މި މަހުގެ 22 ގަ އެވެ. ފުލުހުން ބުނި ގޮތުގައި މައިނުއްދީން ހައްޔަރުކުރީ ހިމަންދޫ ބަނދަރު ސަރަހައްދުންނެވެ. އަދި އޭނަ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓު ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މައިނުއްދީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.