Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ތިމަރަފުށީ ފަޅުގެއަކުން ކިލޯއެއްހާ ޑްރަގްސް ހޯދައިފި

ތ. ތިމަރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ އެ ރަށުގެ ފަޅުގެއެއްގެ ތެރެއިން ކިލޯއެއްހާ މަސްތުވާތަކެތި ހޯދައިފި އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ފަޅުގެއެއްގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މަސްތުވާތަކެތި ފެނުނީ ދެ ކޮތަޅެއްގައި ބަންދުކޮށްފައި ހުއްޓަ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 94.23 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރި ނަމަވެސް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.