މާލޭގެ މޫނުމަތިން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ތިން ވަނަ ސެގްމަންޓްގެ މަަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީ (ސެގްމަންޓް 2 އިން ސެގްމަންޓް 5) ގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލާއި މަސްވެރިން ޕާކާއި ދެމެދު އޮންނަ ޖެޓީ ސަރަހައްދުގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްގެންދާ ކަމަށެވެ.
މިކަމާ ގުޅިގެން މަސައްކަތް ނިންމައި ހުޅުވެންދެން މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ބަންދުވާނެ އެވެ. އަދި މި މަހުގެ 30 އިން ފެށިގެން މަސައްކަތް ނިންމައި ސަރަހައްދު ހުޅުވެންދެން ފަސް ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ވެސް ބަންދު ވާނެ އެވެ. މީގެ އިތުރުން އަންނަ މަހުގެ 17 އިން ފެށިގެން މަސައްކަތް ނިންމައި ސަރަހައްދު ހުޅުވެންދެން ބަންދު ވާނެ އެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ 144.5 މިލިއަން ރުފިޔާ އަށް، 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ ރަސްމީ ފާލަމުން ފެށިގން މަސްމާރުކޭޓާ ހަމަައަށް އެއްގަމުތޮށި ބޭރަށް ޖައްސައި މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. އަދި ދެވަނަ ސެގްމަންޓްގެ ދަށުން މަސް މާރުކޭޓު ސަރަހައްދުން މަގުން ފެށިގެން ނޯތު ހާބަރާ ހަމައަށް ވެސް ވަނީ މަގު ހަދައިފަ އެވެ.