Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ވޭޕް ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި

ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި މީހަކު ޖޫރިމަނާކޮށްފި އެވެ.

ފޭސް 1 އިން އިން އޭނަ ބަލައިފާސްކޮށްފައި ވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ 20 ގައި ކަމަށް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ގެ ޗަނބޭލީ މަގުން ދެ މީހަކު ހުއްޓުވައި ބަލައިފާސްކުރި އިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި އޭނަ ޖޫރިމަނާކުރީ 2،000ރ އިންނެވެ.

މިކަމާ ގުޅިގެން އޭނަ ހައްޔަރު ނުކުރި ނަމަވެސް ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.