އަތޮޅުތަކުގައި ގާއިމުކުރާ ޕަބްލިކް ވޯކްސް ޔުނިޓްތަަކަށް ބޭނުންވާ ތަކެތި ހޯދުމަށް 9 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަރީފް ވިދާޅުވީ ޖުމްލަ 19 އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން 19 ރީޖަނަލް ޔުނިޓަށާއި 4 މޮބައިލް ޔުނިޓަށް ބޭނުންވާ މެޝިނަރީޒާއި، އިކްއިޕްމަންޓް ހޯދުމަށް 9.1 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
1- ހއ. ދިއްދޫ
2- ށ. ފުނަދޫ
3- ށ. މިލަންދޫ
4- ނ. މަނަދޫ
5- ރ. މާކުރަތު
6- ބ. އޭދަފުށި
7- ޅ. ނައިފަރު
8- ކ. ތުލުސްދޫ
9- އއ. ރަސްދޫ
10- އދ. މަހިބަދޫ
11- އދ. މާމިގިލި
12- ވ. ފެލިދޫ
13- މ. މުލި
14- ފ. ނިލަންދޫ
15- ދ. ކުޑަހުވަދޫ
16- ތ. ވޭމަންޑޫ
17- ތ. ވިލުފުށި
18- ލ. ގަން
19- ގއ. ވިލިނގިލި
މި ޔުނިޓްތަކަށް 456 މުވައްޒަފަކު ނެގުމަށް ވަނީ ނިންމާފަ އެވެ. އެއީ 19 ޕަބްލިކް ވަރކްސް ޔުނިޓަށް 456 މުވައްޒަފުން، 4 މޯބައިލް ޔުނިޓަށް 60 މުވައްޒަފުންނެވެ. މީގެ ތެރެއިން މިހާތަނަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން އެޕްރޫވަލްކޮށްފައި ވަނީ 141 މަގާމު ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިނިސްޓަރ ވިދާޅުވީ، އޮފީސް ޢިމާރާތާއި، ގަރާޖުފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓާއެކު ފިނޭންސަށް މިހާރު ހުށަޅާފައިވާ ކަމަށެވެ.