* ބޭނުންވާ ތަކެތި:
2 ތަށި ބާސްމަތީ ހަނޑޫ
2 ސަމުސާ ޒައިތޫނިތެޔޮ
1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި)
1 ތަށި ކެރެޓު (ގާނާފައި)
1 ދަނޑި ފޮނިތޮށި ނުވަތަ ½ ސަމުސާ ފޮނިތޮށި
2 ބޭ ލީފް
2 ސަމުސާ ދިރި
½ 1 ސަމުސާ. ކާފޫރު ތޮޅި
½ ސަމުސާ އަސޭމިރުސް
½ ސަމުސާ ބަޒަބާޒު (މުގުރާފައި)
1 ސަމުސާ ކަރަންފޫ
½ 1 ތަށި ބޮޑު ސަނާމުގު (ފެނު ކައްކާފައި)
¼ 3 ތަށި ހޫނު ތަރުކާރީ ފެން (ވެޖިޓަބަލް ބްރޮތް)
ލޮނު
މަދު/ބަދަން ނުވަތަ ހިއްކި މޭވާ (މައްޗަށް ބުރުވަން)
* ތައްޔާރު ކުރާނެ ގޮތް:
ހަނޑޫ 3 ފަހަރު ދޮވެލުމަށް ފަހު 10 މިނިޓަށް (ނުވަތަ އެއަށް ވުރެ ގިނަ އިރަށް) ތާފެނާފެނުގައި ފޯކުރަން ބަހައްޓާށެވެ.
ދެން ބޮޑު ތަތްނުލަވާ ތެއްޔެއްގައި، މަޑު ގިނީގައި ތެޔޮ ހޫނުކުރުމަށް ފަހު ކުޑަ ލޮނުކޮޅަކާއި އެކީގައި ފިޔާ މީރުކޮށްލާށެވެ. ފިޔާ ކައިރިފަށް ރަންކުލައަށް ބަދަލުވާން ފެށުމުން، ގާނާފައިވާ ކެރެޓުތަށް އެޅުމަށް ފަހު 1-2 މިނިޓު މީރުކޮށްލާށެވެ.
އެ ވަގުތުކޮޅުގައި ހަނޑޫ ފެން އުކާލުމަށް ފަހު ކައިރީގައި ބަހައްޓާށެވެ. އެއަށްފަހު ފޮނިތޮށި، ބޭ ލީފް، ދިރި، ކާފޫރުތޮޅި، އަސޭމިރުސް، ބަޒަބާޒު އަދި ކަރަންފޫ ތެއްޔަށް އަޅާލުމަށްފަހު 30 ސިކުންތުވަންދެން ތަޅުވާލާށެވެ.
ހަވާދުތަށް ހަނާވަމުންދާއިރު ވަރަށް މީރުވަސް އަރާނެއެވެ. ހަނޑުލާއި ސަނާމުގު ތެއްޔަށް އަޅާލުމަށްފަހު ހަވާދު ތަކާއިއެކީ މަޑުމަޑުން އެއްކޮށްލާށެވެ. ދެން، ހޫނު ތަރުކާރީފެން ތެއްޔަށް އަޅާފައި ކުޑަކޮށް އެއްކޮށްލާށެވެ. މަތިގަނޑު ކުޑަކޮށް ހުޅުވިފައި ހުންނަވަރަށް ބަހައްޓާފައި ފެންގަނޑު ކެކެން ބަހައްޓާށެވެ. ފެން ހިނދި، ބަތާއި އެއްހަމަޔަށް ފެންތިރިވީމައި ތެލީގައި މަތިޖަހާފައި،22 މިނިޓު ވަންދެން، މަތި ނުނަގާ، އެންމެ ގިނިމަޑުކޮށް ކައްކާލާށެވެ.
ބާވީސް ވަރަކަށް މިނިޓު ކެއްކުމަށް ފަހު މަތި ނަގާފައި، މަޑުމަޑުން ބަތް ނަގައި ސަމުސަލަކުން ބަތް ހަލުވައިލާށެވެ. އަނެއްކާ މަތިޖެހުމަށް ފަހު 5 ވަރަކަށް މިނިޓް ކެއްކުމަށް ފަހު އަލިފާންމަތިން ނެގުމުން ބުޚާރީ ރައިސް ތައްޔާރުކޮށްލެވުނީ އެވެ.