Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފަސްޓްލޭޑީ ސާޖިދާއަށް އައްޑޫން ހޫނު މަރުހަބާއެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

މިރޭ އެކަމަނާ އައްޑުއަށް ވަޑައިގަތުމުން އެއާޕޯޓު ސަރަހައްދަށް ގިނަ ބަޔަކު އެއްވެ، ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ފަސްޓްލޭޑީގެ އެ ދަތުރުފުޅުގައި ޕީއެންސީގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ރަށުގެ ތަރައްގީއާ ގުޅޭ އެކި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރަން ވެސް ހަމަޖެހިފައިވެ އެވެ.

އައްޑޫއަށް ވަޑައިގެންނެވުމުގެ ކުރިން ފަސްޓްލޭޑީ ސާޖިދާ ވަނީ ކެމްޕޭނަށް ތިނަދޫ އަދި ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގެންފަ އެވެ.

ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މާލެ ސަރަޙައްދުގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.