Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މާމެންދޫ މަގުތައް ހަދަން ފަށައިފި

ގއ. މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއު އިއްޔެ ފައްޓަވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މާމެންދޫ މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ގަ އެވެ.