Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ބޭރުގެ ޓޫރިޒަމް ފެއާތަކުގައި ބައިވެރިވާން ހުޅުވާލައިފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާ ގުޅިގެން މި އަހަރު ބޭރުގެ ޓޫރިޒަން ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ކުންފުނިން އެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީއެމްސީން ބުނީ އާ މާކެޓްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ނިންމާފައިވާ ކަމަށެވެ. މީގެ މައިގަނޑު މަގުސަދަކީ، ރާއްޖެއަކީ ޓޫރިސްޓުންގެ މެދުގައި މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި، އެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށެވެ.

އެހެންވެ މި އަހަރުތެރޭ މުހިންމު މާކެޓްތަކެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޓޫރިޒަމް ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި އަހަރުގެ ބޭރުގެ 21 ފެއާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

އެ ފެއާތަކުގެ ތެރޭގައި ހިމެނެނީ:

* އަޒަރުބައިޖާން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރަޒިމް ފެއާ
* ވިއެޓްނާމް އިންޓަނޭޝަނަލް ތްރެވަލް މާޓް
* އަލްމަޓީ، ކަޒަކިސްތާން
* އައިޓީބީ ޗައިނާ
* ތައިލެންޑް ޑައިވް އެކްސްޕޯ
* ޓްރެވަލް މީޓް އޭޝިއާ
* ބެއިޖިން އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯ
* އައިއެލްޓީއެމް އޭޝިއާ
* ޓީޓީ އެފް މުމްބާއީ
* ޕާޓާ ޓްރެވަލް މާޓް
* އައިޓީއީ ހޯޗީމިން ސިޓީ
* އައިޓީބީ އިންޑިއާ
* ބީއެލްޓީއެމް އިންޑިއާ
* އޭޝިއަން ޓޫރިޒަމް ފެއާ
* އިސްތަންބޫލް ޓޫރިޒަމް ފެއާ
* ކޮޓަން ޗައިނާ
* ޓީޓީޖީ ޓްރެވަލް އެކްސްޕީރިއެންސް
* އައިޓީބީ އޭޝިއާ
* ބަންގަލަދޭޝަން ޓރެވަލް އެންޑް ޓޫރިޒަމް ފެއާ
* އައިޓީބީ އެމެރިކާ
* ތަޝްކަން އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުން އަންނާތީ ފަހަކަށް އައިސް ބައެއް ކައުންސިލްތަކުން ވެސް އަންނަނީ އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ބޭރުގެ ފެއާތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން އުފައްދާފައިވާ، އައްޑޫ؛ ބިޔޯންޑް އީކްއޭޓަ ބްރޭންޑްގެ ދަށުން މި ފަހުން އިނގިރޭސިވިލާތާއި ޗައިނާ އާއި އިންޑިއާ އަދި ބަންގްލަދޭޝްގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކޮށްފައިވެ އެވެ.