ފެމިލީ ކޯޓްގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ފެމިލީ ކޯޓުން ބުނީ އިސް ގާޒީގެ މަގާމަށް ކުރިމަތިލެވޭނީ މިހާރު ވެސް އެ ކޯޓްގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން އަންނަ މީހަކަށް ކަމަށެވެ.
އިސް ގާޒީގެ އަސާސީ މުސާރަ އަކީ އަސާސީ މުސާރަ މަހަކު 39،700ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު
18،000ރ. އާއި ރިސްކް އެލަވަންސަށް މަހަކު 3،300ރ. ގެ އިތުރުން ފޯނު އެލަވަންސަށް މަހަކު 1،000ރ. ލިބޭނެ އެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތު އިންޝުއަރެންސް ވެސް ލިބޭނެ އެވެ.