Last Updated: June 5, 17:28
Friday, June 5, 2026
ޚަބަރު

ހައި ކޯޓްގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ހައި ކޯޓްގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ހައި ކޯޓް އިސް ގާޒީގެ މަގާމަށް ކުރިމަތިލެވޭނީ މިހާރު ވެސް އެ ކޯޓްގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން އަންނަ މީހުންނަށެވެ.

އިސް ފަނޑިޔާރުގެ އަސާސީ މުސާރަ އަކީ އަސާސީ މުސާރަ މަހަކު 47،700ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު
18،000ރ. އާއި ރިސްކް އެލަވަންސަށް މަހަކު 3،300ރ. ގެ އިތުރުން ފޯނު އެލަވަންސް ވެސް.ލިބޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތު އިންޝުއަރެންސް ވެސް ލިބޭނެ އެވެ.