ތިނަދޫގައި ކާރެއްގައި ރޯވ އަނދައިފި އެވެ.
ފުލުހުން ބުނީ އެ ސިޓީގެ "ކްރެބް ބީޗް" ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ ރޭ 11:23 އެހައިކަންހާއިރު ކަަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ސިފައިންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން، 11:45 އެހައިކަންހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަަމަށެވެ. ނަމަވެސް އަލިފާން ރޯވި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ފުލުހުން އަންނަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.