Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ވައިކަރަދޫގައި ހައުސިން ޔުނިޓް އަޅަން އެޗްޑީސީ އަށް

ހދ. ވައިކަރަދޫގައި 50 ހައުސިން ޔުނިޓް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ޢަލީ ޒުހައިރު އެވެ.

މޮމަޝްރޫޢުގެ ދަށުން ވައިކަރަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 އެޕާޓްމަންޓް ހިމެނޭ ހައުސިން ޔުނިޓްތަކެކެވެ.

މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާތާ 480 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.