Last Updated: June 5, 17:28
Friday, June 5, 2026
ޚަބަރު

އެމްޑީޕީ އަކީ ވޯޓަށް ޖެހިލުންވާ ޕާޓީއެއް

(އެމްޑީޕީ އަކީ އަބަދު ވެސް އިންތިހާބުތަކަށް ޖެހިލުންވާ ޕާޓީއެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވެސް މިހާރު އައްޑު އަށް ވަޑައިގެން ކުރިއަށް ގެންދަވާ އައްޑޫގައި ޑޯ ޓު ޑޯ ކެމްޕޭން ހަރަކާތުގެ ތެރެއިން މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީގައި ބާއްވަން އަންނަ މަހު ނަގަން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓާ އެމްޑީޕީން ދެކޮޅު ހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

އިހްސާން ވިދާޅުވީ އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކުރިން ތާއިދުކުރެއްވި ކަމަށެވެ. އަދި ނަމަވެސް އެ ބޭފުޅުން ވެރިކަމުގައި މިއަދު ނެތުމުން ސިޔާސީ ބޭނުމަކަށް އެކަމާ ދެކޮޅު ހައްދަވަނީ ކަމަށް ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހައްގުތައް ގެއްލޭ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެކަން އެ ޕާޓީން ކުރަނީ އިންތިހާބުތަކަށް ޖެހިލުންވާތީ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީއަކީ އަބަދުވެސް އިންތިހާބުތަކަށް ޖެހިލުންވާ ބައެއް. އިންތިހާބުތަކުން ނާކާމިޔާބުވާތީހެން އަޅުގަނޑަށް ހީވަނީ." އޭނަ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައުި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ސަލާމަތްވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި ސިޔާސީ ހަމަޖެހުން ވެސް ގާއިމުވުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ އަންނަ މަހުގެ 4 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދަން މަގުފަހިވާނީ އޭރުން ކަމަށެވެ.