މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންް ހަރަދު ކުޑަކުރުމަށް، ރާއްޖެ އިން ބޭރަށް ސަރުކާރުގެ ކުރާ ދަތުރުތައް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ހަރަދުކުޑަކުރުމުގެ ސަރުކާރުން ބޭރަށް ކުރާ ދަތުރައް ހުއްޓާލާފައިވާ ކަމަށާއި މިނިސްޓްރީތަކުން އެދުނަސް އެ ބައްދަލުވުމަކާ ގުޅޭ ފަރާތަކުން ހަރަދުކުރާ ދަތުރުތައް ނުވަތަ "ފަންޑެޑް ދަތުރުތައް" ފިޔަވައި އެހެން ހުރިހާ ދަތުރުތައް ހުއްޓާލައި އޮންލައިންކޮށް ކުރެވެން ހުރިކަންކަން އެގޮތުން ކުރަމުން ގެނދިޔަ އަންގާފައިވާ ކަމަށެވެ.
އެގޮތުން ހުދު އެކަމަނިކުފާނުވެސް ކޮންމެހެން ރާއްޖެ އިން ބޭރަށް ކުރައްވަން ތާވަލް ކުރެއްވި ދަތުރެއް ކެންސަލް ކުރައްވާ އެ ހަފުލާގައި އޮންލައިންކޮށް ސޮއިކުރައްވަން ނިންމާފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ.
އެއީ އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރުގެ ރޯލްއޯވާގެ ފައިނަލް ސިގްނޭޗާ އަށް އަޅުގަނޑު އޮތީ ދަތުރުކުރަން. އެކަމަކު މިހާރު އޮންލައިންކޮށް އެ ސިގްނޭޗާ ކަންތައް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން، އޭޑީއެފްޑީގެ ބޯޑުން ހުރިހާ ކަމެއް ނިންމާފައި އޮތީ،" ޒަމީރު ވިދާޅުވި އެވެ.
ބޭރު ދަތުރުައް ހުއްޓާލި ނަމަވެސް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރާއްޖެ އިން ބޭރަށް ކުރައްވަން ބޭނުންވާ ދަތުރުތައް ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.