Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންް ބައެއް ކުންފުނިތަކުން މުވައްޒަފުން ނެގުން މަޑުޖައްސާލަން މިހާރު އަންގަވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ފަށާފައި ހުރި ޕްރޮޖެކްޓްތަކަށް ނޫނީ ހިނގަމުންދާ ކަމަކަށް އަދި ސަރުކާރު ހިންގުމަށްޓަކައި ބޭނުންވާ ބަޔަކު ނަގަން ޖެހިދާނެ ކަމަށާއި ނަމަވެސް މުވައްޒަފުން ނެގުން މަޑުޖައްސާލަން ވަރަށް ބޮޑަށް ބާރުއަޅަމުންދާ ކަމަށެވެ.

"މިއަދު ވެސް ބައެއް ޕްރޮޖެކްޓްތަކަށް ބައެއް ވަޒީފާތަކަށް މީހުން ނަގަން ބޭނުން ވެގެން ބައެއް ކުންފުނިތަކުން ގުޅީމާ ވެސް އަޅުގަނޑު ބުނިން، އިހަށް މަޑު ކުރާށޭ، އިހަށް މަޑު ކުރާށޭ،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ މިވަގުތަކީ އާ މުވައްޒަފުން ނެގުން އެންމެ ރަނގަޅު ވަގުތު ނޫންކަން ކުންފުނިތަކުގެ ވެރިންނަށް ދެންނެވި ކަމަށާއި ރައީސް މުއިއްޒު ދެއްވާފައިވާ އިރުޝާދަކީ ވެސް އެއީ ކަމަށެވެ.

މީގެއިތުރުން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންް ހަރަދު ކުޑަކުރުމަށް، ރާއްޖެ އިން ބޭރަށް ސަރުކާރުގެ ކުރާ ދަތުރުތައް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.