Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވާދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތް ހަދަން ފެނަކައަށް

ރ.ވާދޫ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު މުހައްމަދު މާހިރު އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފް އެވެ.

މި މަޝްރުޢޫގެ ދަށުން ނާސް ސްޓޭޝަނާއި، ހަތަރު އެނދުގެ ވާޑެއް، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ އަދި ގަރާޖު، ސްޓޯ ރޫމްސް އާއި ލޯންޑްރީ ރޫމް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖުމްލު 365 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރުޢޫގެ އަގަކީ 5.7 މިލިއަން ރުފިޔާ އެވެ.