Last Updated: June 5, 06:06
Friday, June 5, 2026
ކޮލަމް

ޓްރަމްޕަކީ ބޯހަމަޖެހޭ މީހެއްބާ!؟

އޭނަގެ އިސްދާނަކަމުގެ ދަށުން ދުނިޔޭގައި، އެމެރިކާ އަށް އަލުން ޤަދަރާއި، އިޙުތިރާމު، ލިބިފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އޭނަ ވިދާޅުވި ގޮތުގައި، އޭނާ ވެރިކަމަށް އައުމުގެ ކުރިން، ދުނިޔޭގެ މަސްރަޙުގައި އެމެރިކާ އަކީ މީހުންގެ މަލާމާތާއި، ފުރައްސާރަ ކުރިމަތިވަމުން ދިޔަ ޤައުމެކެވެ. އެ ދުވަސްވަރު، އެއްވެސް ބަޔަކު، އެމެރިކާއާ މެދު ސީރިއަސްކޮށް ނުދެކޭ ކަމަށް ވެސް، ޓުރަމްޕު ވިދާޅުވި އެވެ.

"އަހުރެމެންގެ ޤައުމަކީ މިހާރު މުޅި ދުނިޔެއިން ވެސް އިޙުތިރާމް ކުރާ ޤައުމެއް. މީގެ ދޮޅު އަހަރު ކުރިން އަހުރެމެންނަކީ، މީހުން ހީ މަލާމާތްކުރި ޤައުމެއް." އޭނަ ވިދާޅުވި އެވެ.

ޓުރަމްޕު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާ ނުވެސް ވަނީ، އެ ވިސްނުން ހިއްސާ ކުރައްވާފަ އެވެ.
ޓްރަމްޕެވެ. ތިޔަ ހީވަނީ ހަޖާމުބޭބޭއަށް ހީވާހެންނެވެ. ދުނިޔޭގެ ކުރިމަތީގައި މިއަދު އެމެރިކާ ފަޟީޙަތްވެ، ނިކަމެތިވީ ވަރުން، ކުއްލި ޝޮކެއް ޖެހި ތި ހުންނެވީ ބޯހަލާކުވެފައެވެ. އެމެރިކާގެ ރައީސަކަށް ޓްރަމްޕީ ވީ ފަހުން، ދުނިޔޭގެ ކުރިމަތީގައި، އެމެރިކާގެ އެއްވެސް އަގެއް ނެތެވެ. އެމެރިކާގެ ރައްޔިތުންނާއި، ދުނިޔޭގެ ގިނަ ބައެއްގެ ނަފުރަތާއި، މަލާމާތާއި، ފުރައްސާރައިގެ އަމާޒަކަށް މިއަދު ކަލެއާއި، އެމެރިކާ ވަނީ ވެފައެވެ.

ސަހުޔޫނީ ރަބާއީ ޓޮމް ގްލެސަރަށް ނިސްބަތް ކުރެވޭ، ޚިޔާލުތަފާތުވުން ބޮޑު، އަދި ވަރަށް ނާޒުކު ބަޔާނެއް ވަނީ ފެންމަތިވެފައެވެ. އެ ބަޔާނުން ދޭހަވާ ގޮތުގައި، އެމެރިކާއިން ސަހުޔޫނީންނަށް ފުރަގަސްދީ، އެމީހުން ދޫކޮށްލައިފި ނަމަ، އޭގެ ހިތި ނަތީޖާއާ އެމެރިކާ ކުރިމަތިލާން ޖެހޭނެއެވެ. ސަހުޔޫނީން އިންޒާރުދޭ ގޮތުގައި، އެމެރިކާއިން އެފަދަ ނިންމުމެއް ނިންމައިފިނަމަ، އޭގެ ސަބަބުން އެމެރިކާއަށް އެތައް ވޭނެއް ތަޙައްމަލުކުރަން ޖެހި، އެމެރިކާ ކުޑަކަކުލަށް ތިރިކޮށްލެވޭނެ އެވެ.

އީރާނާއެކު ކުރިއަށްދާ ހަނގުރާމައިގެ ހަތަރު ވަނަ ހަފްތާ މިހާރު ކުރިއަށްދާ އިރު، އެމެރިކާގެ އަސްކަރިއްޔާގެ ތެރޭގައި ހަނގުރާމަ ކުރުމަށް އިޢުތިރާޒުކުރާ ސިފައިންގެ ޢަދަދު އިތުރުވެފައިވާ ކަމުގެ ރިޕޯޓްތައް ދަނީ ފެންމަތިވަމުންނެވެ. ހަނގުރާމައިގެ ގާނޫނީ ޞައްޙަ ކަމާމެދު ގިނަ ޢަދަދެއްގެ ސިފައިން ދަނީ ސުވާލު އުފައްދަމުންނެވެ. ބައެއް ސިފައިން ވަނީ އިޒުރޭލުގެ މަސްލަޙަތު ޙިމާޔަތް ކުރުމަށްޓަކާ، އެމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަށް ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ.

ޖެފްރީ އެޕްސްޓީން ގޭންގު ވެރިޔާ ޑޮނަލްޑް ޓްރަމްޕެވެ. ކަލޭ ތިޔަ ހުރީ ރަނގަޅަށްވެސް ބޮލަށް ބޭސްކުރަން ޖެހިފަ އެވެ. އަވަހަށް ބޮލުން މަތީގެ ޑޮކްޓަރަކަށް ދައްކާށެވެ. ހުރުމޫޒު ކަނޑުއޮޅި ހުޅުވައި ދޭން، އެމެރިކާއާ ބައިވެރިވުމަށް ނޭޓޯގެ ޤައުމުތަކަށް ގޮވައިލީމާ، އެ ޤައުމުތަކުން ކަންތައްކުރީ ކިހިނެއް ހެއްޔެވެ؟ ހަނދާންވޭ ހެއްޔެވެ؟ މިއަދު ތިޔަ ހުންނެވީ އެކަނިވެރިވެ ބާކީވެފަ އެވެ. ސަލާމަތްވާން އަރާނެ ގެއެއް ނެތެވެ. އެއްކޮޅުން އޮތީ އީރާނެވެ. އަނެއްކޮޅުން ސަހުޔޫނީން އެ ބުނަނީ ހޭއަރުވައިލާނެ ކަމަށެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.