Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

"ޗާންދު މޭރާ ދިލްް" މެއި 22 ގައި

ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ލަކްޝް ލަލްވާނީ އާއި އަނަންޔާ ޕާންޑޭ އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ޗާންދު މޭރާ ދިލްް" އަންނަ މެއި މަހުގެ 22 ގައި ސިނަމާތަަށް ގެންނާނެކަން އިއުލާންކޮށްފި އެވެ.

ލޯބީގެ ވާހަކައެއް ކިޔައި ދޭނެ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސް އަށް ވިވެކް ސޯނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ކުރިން މިދިޔަ އަހަރުގެ ކުރީކޮޅު ގެނެސްދޭ ގޮތަށް "ޗާންދު މޭރާ ދިލް" ދަރުމާ އިން އިއުލާންކުރީ 2024 ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެކަމަކު ފިލްމުގެ މަސައްކަތް ނުފެށި، ލަސްތަކެއްވުމަށް ފަހު، ފިލްމުގެ ޝޫޓިން ނިންމައިލެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

"ޗާންދު މޭރާ ދިލް" ގެ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ދަރުމާ އިން މިދިޔަ އަހަރުގެ ޖުލައިގައި ނެޓްފްލިކްސް އަށް ގެނެސްދިން ރޮމޭންޓިކް ކޮމެޑީ ޑްރާމާ "އާޕް ޖޭސާ ކޮއީ" އެވެ. އޭގެ ތަރިންނަކީ އާރް މާދްވަން އާއި ފާތިމާ ސަނާ ޝައިހެވެ.

ޗާންދު މޭރާ ދިލް" އަކީ މިދިޔަ އަހަރުގެ ޑިސެންބަރުގައި ރިލީޒްކުރި ދަރުމާގެ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ އަނަންޔާގެ ފުރަތަމަ ފިލްމެވެ.

މީގެ ބަތަލު ލަކްޝް އަކީ ދަރުމާގެ 2024 ގެ އެކްޝަން ތުރިލާ މިދިޔަ އަހަރުގެ "ކިލް" އިން ތައާރަފުވި އެކްޓަރެކެވެ. "ޗާންދު މޭރާ ދިލް" އަކީ ސިނަމާތަކަށް އޭނަގެ ދެވަނަ ފިލްމެވެ.

ލަކްޝް އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން މިދިޔަ އަހަރު ގެނެސްދިން ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އިންނެވެ.