Last Updated: June 5, 17:41
Friday, June 5, 2026
ޚަބަރު

ހުޅުމާލޭ ފޭސް ތިނަކުން ގޯތި ހަވާލު ކުރަނީ

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް ބިން ހަވާލު ކުރަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެ ސަރަހައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިންމާލީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ގޯތީގެ ސައިޒާއި ގޯތީގެ އަދަދު:

* 1،650 އަކަފޫޓުގެ 181 ގޯތި
* 2،050 އަކަފޫޓުގެ 242 ގޯތި
* 2،450 އަކަފޫޓުގެ 132 ގޯތި
* 2،850 އަކަފޫޓުގެ 62 ގޯތި
* 3،250 އަކަފޫޓުގެ 41 ގޯތި
* 3،650 އަކަފޫޓުގެ 16 ގޯތި
* 4،000 އަކަފޫޓުގެ 24 ގޯތި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން 698 ގޯތީގެ ގުރުއަތުލީ މިދިޔަ ޑިސެމްބަރު މަހު އެވެ.