Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ގޭހުގެ ސްޓޯރޭޖް 1،500 ޓަނަށް އިތުރު ކުރަނީ

މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ސްޓޯރޭޖެއް އެސްޓީއޯ އިން ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހުގައި މި ވަގުތު ހުރީ ގޭހުގެ 1،000 ޓަނުގެ ސްޓޯރޭޖެއް ކަމަށެވެ.

"މިހާރު އެސްޓީއޯއިން އަޅުގަނޑަށް އަންގާފައި އޮތީ ޕްރޮކިއުމަންޓް ލެވަލްގައޭ އޮތީ އިތުރު 1،500 ޓަނުގެ ސްޓޯރޭޖް މާލެ ސަރަހައްދުގައި ޑިވެލޮޕްކުރަން." އޭނަ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއު މި އަހަރު ނިމޭނެ ކަމަށާއި އެ ސްޓޯރޭޖާއެކު ދެން ދެ މަހާއި ބައިގެ ގޭހުގެ ސްޓޮކެއް މާލެ ސަރަހައްދުގައި ހުންނާނެ އެވެ.

މިނިސްޓަރު ވިދާޅުވީ މި ވަގުތު ރާއްޖެ އަށް ގޭސް ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ކަމަށެވެ. އެގޮތުން ބަންގްލަދޭޝް އާއި ސްރީ ލަންކާ އަށް ގޭސް ސަޕްލައިކުރަނީ ރާއްޖެއަށް ގޭސް ސަޕްލައިކުރާ ފަރާތް ކަމަށް ވިދާޅުވި އެވެ. އޭނަ ވިދާޅުވި ގޮތުގައި މި ސަރަހައްދުގެ ގައުމުތަކުގައި ގޭސް ޑިސްޗާޖު ކުރަނީ ކުދި އުޅަނދުތަކުގަ އެވެ.