Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ސަންޖޭގެ "އާހިރީ ސަވާލް" ގެ ޕޯސްޓަރެއް

ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ އާ ފިލްމު "އާހިރީ ސަވާލް" ގެ ޕޯސްޓަރު ދައްކާލައި ރިލީޒްކުރާ ތާރީހު މިއަދި އިއުލާންކޮށްފި އެވެ.

މެއި މަހުގެ 15 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ޑައިރެކްޓަރު އަބިޖީތު މޯހަން ނަރަންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސަންޖޭ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ "އާހިރީ ސަވާލް" ގެ ކާސްޓްގައި އަމިތު ސާތު، ސަމީރާ ރެޑީ، ޓްރިތާ ޗައުދަރީ، ނީތޫ ޗަންދުރާ އަދި މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ދަރިފުޅު ނަމާޝީ ޗަކްރަބަތީ ހިމެނެ އެވެ.

ސަންޖޭގެ "އާހިރީ ސަވާލް" މެއި މަހު ރިލީޒް ކުރަން ނިންމި އިރު، މިހާރު އިންޑިއާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ ފިލްމު "ދުރަންދަރު 2" އަކީ ވެސް އޭނަ ވަރުގަދަ ރޯލެއް ކުޅެފައިވާ ފިލްމެކެވެ.

ސަންޖޭގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ތެލެގޫ ފެންޓަަސީ ހޮރޯ-ކޮމެޑީ "ދަ ރާޖާސާބް" އެވެ.