Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

ފިތުރު ޒަކާތު ފައިސާއިން ޣައްޒާ އަށް ކާބޯތަކެތީގެ އެހީ

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފި އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ޒަކާތު ހައުސް އިން 500،000ރ. ރުފިޔާ ހަވާލުކުރީ އިސްރާ އެއޯސިއޭޝަނާއެވެ.

ޒަކާތު ހައުސް އިން ބުނީ އެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް މިހާތު ކާބޯތަކެތީގެ އެހީ ފޯރުކޮށް ދީފައިވާ ކަމަށެވެ. ކާބޯތަކެތީގެ ޕެކްގައި ހަނޑޫ، ކައްކާ ތެޔޮ އަދި ތަފާތު ބާވަތްތަކުގެ ދަޅު ކާނާ ހިމެނެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު 15 މިލިއަން ރުފިޔާ ލިބުނެވެ.