Last Updated: June 5, 06:06
Friday, June 5, 2026
ދުނިޔެ

ޑިމޯނާ ނިއުކުލިއާ ރިއެކްޓަރާއި ޖޯން އެފް ކެނެޑީ

އީރާނުން، އިޒުރޭލުގެ ޑިމޯނާ ސަހަރަށް މިދިޔަ ހަފުތާގައި ޙަމަލާތަކެއް ދިނެވެ. ޑިމޯނާ ސަހަރަކީ އިޒުރޭލުގެ ސިއްރު ނިއުކުލިއާ ފެސިލިޓީ ގާއިމުކޮށްފައިވާ ސަހަރެވެ. ޑިމޯނާ ނިއުކުލިއާ ފެސިލިޓީއަކީ އެއްޒަމާނެއްގައި، އެތަން ހުއްޓުވުމަށްޓަކައި އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީ އުޅުއްވުމުން، މޮސާޑުން ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި އިޒުރޭލުގެ މަޝްހޫރު ނިއުކުލިއާ ފެސިލިޓީ އެވެ.

އެކަންތައް ހިނގައި ދިޔައީ ކިހިނެތް ހެއްޔެވެ؟

އިޒްރޭލަށް 1948 ގައި މިނިވަންކަން ލިބުމުން، 1950-1960 އާ ދެމެދު އިޒުރޭލުން، ސިއްރުން ޑިމޯނާ ނިއުކުލިއާ ފެސިލިޓީގައި ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފެށި އެވެ.

އެ ޚަބަރު އޭރުގެ އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީއަށް ލިބިވަޑައި ގެންނެވިއެވެ. ޖޯން އެފް ކެނެޑީ 1963 ގައި އިޒުރޭލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެން-ގޫރިއަން އަށާއި އަދި ދެވަނަ ބޮޑުވަޒީރު ލެވީ އެޝްކޯލްއަށް ސިޓީފުޅެއް ފޮނުއްވިއެވެ. ޖޯން އެފް ކެނެޑީ އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ޑިމޯނާ ނިއުކުލިއާ ފެސިލިޓީގެ ވަރަށް ތަފުޞީލީ އިންސްޕެކްޝަނެއް ހެދުމުގެ ފުރުޞަތު އެމެރިކާ އަށް ދިނުމަށެވެ.

އެހެން ނޫނީ، އެމެރިކާގެ ފަރާތުން އޭގެފަހުން އެއްވެސް އެހީތެރިކަމެއް ހޯދުމުގެ ކަންތައްތައް އިޒުރޭލުން ހަނދާން ނައްތައިލުމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން، އެމެރިކާއިން ޑިމޯނާ ނިއުކުލިއަ ފެސިލިޓީގެ ތަފުޞީލީ އިންސްޕެކްޝަނެއް ހެދުމަށް އިޒުރޭލުން އެއްބަސްވި އެވެ.

ޤަބޫލުކުރެވޭ ގޮތުގައި، އެމެރިކާގެ އިންސްޕެކްޝަން ފެށުމުގެ ކުރިން އިޒުރޭލުން ޑިމޯނާ ނިއުކުލިއާ ފެސިލިޓީގެ "ޕްލޮޓޯނިއަމް" އުފައްދާ ސަރަޙައްދު ބިމު އަޑީގެ ބިންގަރާހަކަށް ބަދަލުކޮށްލި އެވެ. އެކަމަކު، އެކަންވެސް ޖޯން އެފް ކެނެޑީއަށް ޝައްކުވެ ވަޑައިގެންނެވިއެވެ. ދެން އައީ ނޮވެމްބަރު 22، 1963 އެވެ. އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީ އެމެރިކާގެ ޑަލަސް ސަހަރުގައި ޕެރޭޑް ކުރައްވަމުން ކާރުކޮޅުގައި ވަޑައިގެންނެވި އެވެ.

ކާރުކޮޅަކީ މަތި ހުޅުވޭ ކާރުކޮޅެކެވެ. އެހެންކަމުން ޖޯން އެފް ކެނެޑީ ޕެރޭޑް ކުރައްވަމުން ވަޑައިގެންނެވީ ކާރުކޮޅުގެ މަތި ހުޅުއްވައިގެންނެވެ ޑަލަސް ސަހަރުގެ މަގުމަތީގައި އެތައް ހާސް ބަޔަކު ޖަމާވެފައި ތިއްބެވެ. ހުރިހާ ކަމެއް ފެންނަނީ އާދައިގެ ގޮތެއްގައެވެ. ހަމަނުޖެހުމެއްގެ އެއްވެސް އަސަރެއް ނެތެވެ. އެއަށް ފަހު ބަޑީގެ އަޑާއެކު ތިން ވަޒަން ޖޯން އެފް ކެނެޑީގެ އިސްތަށިފުޅަށް އަމާޒުވިއެވެ. ވަގުތުން، ޖޯން އެފް ކެނެޑީ އަވަހާރަވީ އެވެ.

ޖޯން އެފް ކެނެޑީ އަވަހާރަކޮށްލީ ކާކު ހެއްޔެވެ؟

އެއީ، ލީ ހާވީ އޮސްވަލްޑް ކިޔާ މީހެކެވެ. އެ ޙަމަލާއަކީ އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ކުރުވި ކަމެއް ކަމަށް މީހުން ޝައްކުކުރަން ފެށިއެވެ. އެމެރިކާގެ ފުލުހުން، ލީ ހާރވީ އޮސްވަލްޑް ހައްޔަރުކުރިއެވެ. އޮސްވަލްޑް ހައްޔަރުކުރިތާ ދެވަނައަށްވީ ދުވަހު، ޕޮލިސް ސްޓޭޝަނުން ޖަލަށް ބަދަލުކުރުމަށް ގެންދިޔަ މަގުމަތީގައި، ލައިވް ޓީވީ ކެމެރާ ކުރިމަތީގައި، އެއްވެފައިވާ މީސްތަކުންގެ ތެރެއިން މީހަކު ކުރިއަށް ޖެހި، އޮސްވަލްޑް ގަޔަށް ބަޑިޖަހާ މަރައިލިއެވެ.

އޭގެ ފަހުން، އިޒުރޭލުގެ ޑިމޯނާ ނިއުކުލިއާ ރިއެކްޓަރަކީ ސިއްރެކެވެ. އެހެން ނަމަވެސް، އީރާނުގެ ޙަމަލާއާ އެކު، އެ ސިއްރު މަޑުމަޑުން ޑިމޯނާ ސަހަރަށް ލީކުނުވާ ކަމެއް ނޭނގެ އެވެ. ހަނގުރާމައިން އިޒުރޭލަށް ލިބޭ ގެއްލުން، އިޒުރޭލުން ވަނީ ވަރަށް ބޮޑަށް ސިއްރުކޮށްފަ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.