Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޕޮލިސް ކޮމިޝަނަރު ކަމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފި

ފުލުހުންގެ މައި އިދާރާ

ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މި މަގާމަށް ކުރިމަތިލެއްވީ މިހާރު ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީ އާއި، އޭސީޕީ އަބްދުﷲ ޝަރީފްގެ އިތުރުން އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުޅުވާލާފައި މި ވަނީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރިޓަޔަކުރެއްވުމާއި ގުޅިގެންނެވެ.

ނަވީން ރިޓަޔަރ ކުރެއްވުމުން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއެވެ.