Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޓާޝަރީ ފެންވަރަށް ތިނަދޫ ހޮސްޕިޓަލް ތަރައްގީކުރަން ފަށައިފި

ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

މި މަސައްކަތް ފަށާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދު އާއި މިނިސްޓްރ އޮފް ހެލްތް އަބްދުﷲ ނަޡީމް އަފި ތިނަދޫ ސިޓީ ތަމްސީލްކުރާ މަޖްލިސް މެންބަރުންނާއި ތިނަދޫ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 87,455 އަކަފޫޓުގެ ސަރަހައްދެއްގައި 102 އެނދުގެ ޖާގައިގެ އިމާރާތެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ.

މިއ،ީ 144.43 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.