Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހިތަދޫގައި މިރޭ ހަވާ އަރުވަނީ

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހިތަދޫގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަގުބޫލު 'ރޮބޯމޭން'ގެ ހިތްގައިމު ހަރަކާތްތަކާއެކު މިރޭ ބާއްވާ އިވެންޓެއްގަ އެވެ. މި އިވެންޓު އޮންނާނީ މިރޭ 8:30 ގައި ހިތަދޫ ސްޓޭޖު ސަރަހައްދުގަ އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ހިތަދޫ ސެންޓްރަލް ޕާކު ހުޅުވުމުގެ ގޮތުން ވެސް ހަވާ އެރުވުމަށް ހަމަޖެއްސި އެވެ. ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށް ބުނެ ހަވާ އެރުވުން ވަނީ ކެންސަލްކޮށްފަ އެވެ.

ރާއްޖޭގައި ހަވާ އެރުވުމުގެ ހުރިހާ ކަމެއް ކުރުމުގެ ހުއްދަ އޮންނަނީ އެމްއެންޑީއެފްއަށެވެ. އެހެންކަމުން އަމިއްލަ މީސްމީހުންގެ އިވެންޓްތަކަށް ވެސް ހަވާ އަރުވައިދެނީ، ސިފްކޯ އިންނެވެ.