އިސްލާމްއާބާދު ސަމިޓުގެ މަންދޫބުން ބަދަލުކުރަން އީރާނުން ހުށަހަޅައިފި އެވެ.
ކުއްލި ސަފާރަތީ ބަދަލެއްގެ ގޮތުގައި އީރާނުގެ މަންދޫބުން ވަނީ އިސްލާމްއާބާދުގެ ސުލްޙައިގެ ސަމިޓުގައި އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޯފާއި ޖެރާޑް ކުޝްނާއާ އެކު މަޝްވަރާ ކުރުމަށް ރަސްމީކޮށް ވަނީ ދެކޮޅު ހަދައިފަ އެވެ. ތެހެރާނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ސީދާ ނައިބު ރައީސް ޖޭޑީ ވެންސްއާ މުޢާމަލާތް ކުރަން އިސްކަންދޭ ކަމަށް ސާފުކޮށް ބުނެފައެވެ.
ކުޝްނަރާއި، ވިޓްކޯފާއެކު މަޝްވަރާ ކުރުމަށް އީރާނުން ދެކޮޅު ހެދުމަކީ "އަބްރަހަމް އެކޯޑްސް" އާއި، މެދުއިރުމަތީގެ ކުރީގެ ސިޔާސަތުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މުޝީރުން ފަހަނައަޅައި ދިއުމަށް އީރާނުން ނިންމާފައިވާ އިސްތިރާޖީ ނިންމުމެކެވެ. އެކަމުގެ ސަބަބުން މި މަޝްވަރާ ބައްދަލުވުމުގެ ހުރިހާ ބުރައެއް، އެމެރިކާއިން ކަނޑައަޅާފައިވާ ބުނިޔާދީ އަދި އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ޖޭޑީ ވެންސްގެ ކޮނޑުގައި އެޅިގެންދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވައިޓް ހައުސްގެ މައިގަނޑު ސަފާރަތީ މަޤުސަދުތައް ޙާޞިލުކު ރެވޭނޭ ފަދަ ގޮތަކަށް ސަމިޓުގެ ބައިވެރިން ބަދަލުކުރުމުގެ މަސައްކަތް ވައިޓް ހައުސްއިން ދަނީ ކުރަމުންނެވެ. ހަމައެކަނި ޖޭޑީ ވެންސްއާއެކު މަޝްވަރާ ކުރުމަށް އީރާނުން ހުށަހަޅާފައި ވުމުން ޕާކިސްތާނުގައި ބޭއްވޭ ސަމިޓް މިހާރު ވެފައިވަނީ ވަރަށް ހަމަނުޖެހުން ބޮޑު އަދި ދަތި އުދަނގޫ އައު ފަށަލައެއް އިތުރުވެފައިވާ މަޝްވަރާ ބައްދަލުވުމަކަށެވެ.
މާޔޫސްވެ ރުޅިގަދަވެފައިވާ ޖޭޑީ ވެންސްގެ ޠަބީޢަތް ހުންނަ ގޮތުން މި "ބާރުގެ ކުޅިވަރުގެ" ޒާތީ ސިފަ ހާމަވެގެންދެ އެވެ. "އީރާނުގެ ދެވަނަ ހަނގުރާމަ" ނިންމާލުމުގައި، ޖޭޑީ ވެންސަށް އެކަނި މި ހިރާސް ބޮޑު ބައްދަލުވުން ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސް ނިންމައިލެވޭތޯ މުޅި ދުނިޔެއިން އޮތީ ބަލާށެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.