ގއ. މާމެންދޫގައި އަލަށް ޢިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތާއި އެ ރަށުގައި ގާއިމުކުރާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ ބިންގާ އަޅައިފި އެވެ.
ބިންގާ އަޅުއްވައި ދެއްވީ މުހްތާޒް މުޙްސިނެވެ. އެރަސްމިއްޔާތުގައި އިސްލާމީކް މިނިސްޓަރު ކަން ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވެސް ބައިވެރިވެވަޑައގަތެވެ.
އިިސްލާމިކް މިނިސްޓްރީން ބުނީ މާމެންދޫ އާ މިސްކިތް މަސައްކަތް ނިމޭ އިރު، ސޯލާ ނިޒާމު ގާއިމުކޮށްފައި ހުންނާނެ ކަމަށާއި މިސްކިތް އޭސީ ވެސް ކުރެވޭނެ ކަމަށެވެ. އަދި މިސްކިތުގައި އިތުރު ވަސީލްތަކުގެ ގޮތުގައި ކުލާސްރޫމާއި ލައިބްރަރީއެއް ހިމެނޭނެ އެވެ.
އެތަނުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކުލާސްތައް ކުރިއަށް ގެންދާނެ އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަަރަކީ އަފާމީ މޯލްޑިވްސް އެވެ.