މި ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، ފުވައްމުލައްގައި ގަސް އާލާކުރާ ނާސަރީއެއް ގާއިމުކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ހެދީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު އެވެ. ޓުއަރިޒަމް އެންޑް އެންވައިރަންމެންޓް މިނިސްޓްރީއާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ފުވައްމުލަކުގައި ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެލެހެއްޓުމެވެ.
"ޏ. އަތޮޅު ނާސަރީ" ގެ ނަމުގައި ހުޅުވަން ހަމަޖެހިފައިވާ ނާސަރީ ހިންގާނީ މިނިސްޓްރީ އާއި ކައުންސިލް ގުޅިގެންނެވެ.
މިނިސްޓްރީން ބުނި ގޮތުގައިމި މަޝްރޫއު ކުރިއަށް ދާނީ ފަސް މިލިއަން ގަސް އިންދުމުގެ މުޅި ޕްރޮގްރާމް ނިމެންދެންނެވެ. ނާސަރީ ހެދުމަށް ބޭނުންވާ ސާމާނާއި އެތަން އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށް ދޭނެ އެވެ.
ނާސަރީގައި ހައްދާ ގަސްތައް ބޭނުންކުރާނީ ފަސް މިލިއަން ގަސް މަޝްރޫއުގެ ދަށުން ފުވައްމުލައް އިތުރަށް ފެހިކުރުމަށެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، މާހައުލީ ނިޒާމު ދެމެހެއްޓުމަށްޓަކައި ރައީސް ޑރ. މުޢިއްޒު 2024 ވަނަގެ ތިމާވެށީގެ ދުވަހު އިފްތިތާހުކޮށް ދެއްވި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ލިއަނަކަށް ވުރެ ގިނަ ގަސް އިންދާފައިވާއިރު، 55 ރަށަކަށް ގަސް ހަދިޔާކޮށްފައިވެ އެވެ.
އެންވަޔަރަމަަންޓް މިނިސްޓްރީން ވަނީ ގަސްތައް އާލާކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީއެއް ހެދުމަށް ނިންމައިފަ އެވެ.