ސްރީ ލަންކާގެގައި ބޭއްވި "ޕްރިންސިޕަލް ލީޑަޝިޕް ޓްރޭނިން ޕްރޮގްރާމް" ގައި ރާއްޖޭގެ ސްކޫލްތަކުން ޖުމްލަ 20 ޕްރިންސިޕަލުން ބައިވެރިވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޭގައި ބައިވެރިވީ އަތޮޅުތެރޭގެ ސްކޫލްތަކެއްގެ ޕްރިންސިޕަލުންތަކެއް ކަމަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒަމާނީ ފެންވަރުގެ ލީޑަޝިޕް ހުނަރުތަކާއި ސްޓްރެޓީޖިކް ޕްލޭނިންގެ އުކުޅުތައް ބޭނުންކޮށްގެން، ޕްރިންސިޕަލުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، ސްކޫލްތައް ހިންގުމާއި މެނޭޖްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމެވެ.
ހަފުތާއެއްހގެ މުއްދަތަށް ބޭއްވި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން، ކިޔަވައިދިނުމުގެ ދާއިރާގެ ލީޑަޝިޕާއި، ތަޢުލީމީ އާ އީޖާދުތަކުގެ އިތުރުން، ހަރުދަނާ ގޮތެއްގައި ސްކޫލްތައް ބެލެހެއްޓުމާ ގުޅޭ ގޮތުން ތަފާތު ލެކްޗާތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ގުޅިގެން މަސައްކަތްކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާތަކާއި އަމަލީ ގޮތުން ބޭނުން ކުރެވޭނެ މުހިންމު މައުލޫމާތުތަކެއް ލިބިގެން ދިޔަ މި ތަމްރީނުގެ ސަބަބުން، ރާއްޖޭގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް، ތައުލީމީ ނަތީޖާ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި އިލްމު ޕްރިންސިޕަލުންނަށް ލިބިގެން ދިޔަ ކަމަށް މިނިސްޓްރީން ބުންޏެވެ.